ހައިސެންސް އެޗްޑީ ފީޗަރ ޓީވީ

32 އިންޗީގެ މި ޓީވީއަކީ ވަށައިގެން ކުޑަ ފްރޭމެއް ލެވިފައިވާ ޓީވީއެކެވެ. 1 އަހަރު ދުވަހުގެ ވޮރެންޓީއާއެކު ވިއްކާ މި ޓީވީއަކީ ކޮންމެ ވޮލިއުމްއެއްގައިވެސް އަޑު ސާފު އަދި ކުލަތައް އޭގެ އެންމެ ފުރިހަމަގޮތުގައި ދައްކުވައިދޭ ޓީވީއެކެވެ. އަދި މީގައި ހިމެނިފައިވާ މޯޝަން ޕިކްޗަރ އެންހޭންސަރގެ ސަބަބުން މަންޒަރުގައި އެއްވެސް ފުސްކަމެއްނެތި ސާފުކޮށް ދައްކުވައިދެއެވެ.މި ޓީވީގައި ހިމެނޭ ކަނެކްޝަން ޕޯޓްތަކަކީ:

  • 1 އެޗްޑީއެމްއައި
  • 2 ޔޫއެސްބީ
  • 1 ވީޖީއޭ
  • 1 އޯޑިއޯ އިންޕުޓް
  • 1 އޯޑިއޯ އައުޓްޕުޓް
  • 1 އޭވީ

ހައިސެންްސް 4ކޭ ޔޫއެޗްޑީ ސްމާރޓް ބެޒެލެސް ޓީވީ

ހައިސެންސް ޓީވީގެ މި މޮޑެލްގައި އެޗްޑީ ފީޗަރ ޓީވީއާ ޚިލާފަށް، ވަށައިގެން ލެވިފައިވާ ފްރޭމެއް ނުހުރެއެވެ. މި ޓީވީގެ ޑައިނެމިކް ރޭންޖް މަތިވުމުގެ ސަބަބުން ހުދުކުލައިގެ އަލިގަދަކޮށްދީ އަދި ކަޅުކުލައިގެ އަލިމަޑުކޮށްދެއެވެ. މި ޓީވީގައި ބޭނުންކޮށްފައިވާ އެމް.އީ.އެމް.ސީ ޓެކްނޮލޮޖީގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވާ މަންޒަރުތަކުގައި އެއްވެސް ފުސްކަމެއްނެތި ސާފުކޮށް ދައްކުވައިދެއެވެ.އެގޮތުން މިމޮޑެލްގެ ސްމޫތް މޯޝަން ރޭޓަކީ 100 ހަރޓްޒްއެވެ. މި މޮޑެލްގައި ބޭނުންކުރެވިފައިވާ ވީޑާ ޔޫ އިންޓަރފޭސްގެ ސަބަބުން ޓީވީ ބޭނުންކުރާ ފަރާތް ބޭނުންވާ ގޮތަށް ހޯމް ސްކްރީންގައި ހުންނަ އެޕްތަކާއި ޗެނަލްތައް އުނި އިތުރުކޮށް، އަތުރާލުމަކީ ވަރަށް ފަސޭހަކަމެކެވެ. އަދި ހަމައެހެންމެ، މި ޓީވީއަކީ ވައިފައި ނެޓްވޯރކްތަކާ ގުޅާލެވޭ، އެޕްތައް ފަސޭހަކަމާއެކު ރިމޯޓުން ބޭނުންކޮށްލެވޭ ޓީވީއެކެވެ. ފޯނު ނުވަތަ ކޮމްޕިއުޓަރުގައި ހުންނަ ފޮޓޯ އަދި ވީޑިއޯތައް ފަސޭހަކަމާއެކު ޔޫއެސްބީ ޕޯޓް މެދުވެރިކޮށްޓީވީ ސްކްރީނުން ފެނިގެންދާ މި ޓީވީގައި އެޗްޑީއެމްއަައި ޕޯޓެއްވެސް ހުރެއެވެ. އެހެންކަމުން ވީޑިއޯ ގޭމްތައް ކުޅެލުމަށްވެސް މީ ވަރަށް ރަނގަޅު ޓީވީއަކަށްވާނެއެވެ.

މި މޮޑެލްގެ ދެ ސައިޒެއް މިވަގުތު ރެޑްވޭވުން ލިބެން އެބަ ހުއްޓެވެ. އެއީ 43 އިންޗި އަދި 50 އިންޗީގެ ޓީވީއެވެ.

ހައިސެންްސް ޕްރިމިއަމް 4ކޭ ކިޔުލެޑް ސްމާރޓް ޓީވީ

ހައިސެންްސް 4ކޭ ޔޫއެޗްޑީ ސްމާރޓް ބެޒެލެސް ޓީވީގެ ފީޗަރސްތަކުގެ އިތުރުން މި މޮޑެލްގައި ފާހަގަކޮށްލެވެނީ ސްމޫތް މޯޝަން ރޭޓް 200 ހަރޓްޒަށް އިތުރުކަމެވެ. އެހެންކަމުން މަންޒަރުގެ ފުސްކަމެއްނެތި އިތުރަށް ސާފުވެގެންދެއެވެ.

65 އިންޗީގެ މި ޓީވީ ސައުންޑް ބާރ އާއެކުވެސް އަދި ވަކިންވެސް ބާޒާރުގައި ލިބެން އެބަހުއްޓެވެ.

ހައިސެންްސް ޕްރިމިއަމް 4ކޭ ޔޫލެޑް

ކިޔުލެޑް ޑިސްޕްލޭއާ ޚިލާފަށް ޔޫލެޑަކީ ހައިސެންސްގެ އޮރިޖިނަލް އުފެއްދުމެވެ. ކިޔުލެޑް ޑިސްޕްލޭއަކީ ސެމްސަންގްއިން އުފައްދާ ބާޒާރުގައި ވިއްކާ ޑިސްޕްލޭއެކެވެ. ހައިސެންްސް ޕްރިމިއަމް 4ކޭ ކިޔުލެޑް ސްމާރޓް ޓީވީ އެކޭ އެއްފަދައިން މި މޮޑެލްގައިވެސް ސްމޫތް މޯޝަން ރޭޓް 200 ހަރޓްޒްގައި ހުރިކަމެވެ. ހައިސެންްސް 4ކޭ ޔޫއެޗްޑީ ސްމާރޓް ބެޒެލެސް ޓީވީގެ ފީޗަރސްއާއެކު ހެޔޮއަގެއްގައި 65 އިންޗި އަދި 85 އިންޗީގެ ޓީވީވެސް މި މޮޑެލްގައި އެބަހުއްޓެވެ.